ޚަބަރު

10 ބުރީގެ ރެސިޑެންޝަލް ކޮމްޕްލެކްސް އިފްތިތާޙްކޮށްފި


ހުޅުމާލެ މެރީނާ ވިއުގައި ބެޗް ކޮންސްޓްކަޝަނުން ޢިމާތްކުރާ 10 ބުރީގެ ރެސިޑެންޝަލް ކޮމްޕްލެކްސް އިފްތިތާޙްކޮށް އެ ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. 

ހުޅުމާލެ ފިތުރޯނުމަގުގެ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރާ މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ، އެންމެ ތިރީ ދެ ފަންގިފިލާ ޝޮޕިންގ މޯލްއަށް ޚާއްސަކޮށްގެނެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން މަތީ ފަންގިފިލާތައް ޚާއްސަކޮށްފައިވަނީ ޢާންމު ދިރިއުޅުމުގެ ބޭނުންތަކަށެވެ. މީގެ ތެރޭގައި ހަ ވައްތަރެއްގެ އެޕާޓްމަންޓްތައް ހުންނާނެކަމަށް ބެޗް ކޮންސްޓްރަކްޝަނުން ބުނެއެވެ. އަދި ޢިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޕާކް ކުރެވޭނެ ޕާކިން ސަރަހައްދެއްވެސް ހެދުމަށް ހަމަޖެހިފައިވާކަމަށް ބެޗް ކޮންސްޓްރަކްޝަނުން ހާމަކުރެއެވެ. 

މި ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް އެޗްޑީއެފްސީ މެދުވެރިކޮށް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ. މި ކޮމްޕްލެކްސް ޢިމާތްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސައްބީސް މަސްދުވަހުގެ ތެރޭގައެވެ. ހޮޓެލް ޖެންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕާޓްމަންޓްތައް އިފްތިތާހްކޮށްދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ.