ޚަބަރު

ނިލަންދޫ ޔޫތް ޑިވެލޮޕްމަންޓުން ޤުރުއާން މުބާރާތެއް ބާއްވައިފި


ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރުއާން ކިޔެވުމަށް ދަސްކޮށްދިނުމަށް ނިލަންދޫ ޔޫތް ޑިވޮލޮޕްމަންޓުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

މިއީ، އެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ދެވަނަ ޤުރުއާން މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ހަތަރު ޢުމުރު ފުރާއަކުން 38 ދަރިވަރަކު ބައިވެރިވެފައިވެއެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ނިލަންދޫ ޔޫތް ޑިވެލޮޕްމަންޓްގެ ނާއިބް ރައީސް ޙަސަން ޞަބާހު އަޙްމަދު ވިދާޅުވީ ރަމަޟާންމަހާ ދިމާކޮށް މިފަދަ މުބާރާތް ބާއްވަނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ޝައުގުވެރިކަން އުފައްދާ، ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ރީތިކޮށް ކިޔެވުމަށް މަގުފަހިކޮށްދިނުމަށާއި، އެކި ފެންވަރުތަކުގައި ބާއްވާ ޤުރުއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ އަލްއުސްތާޛް ޝަމީމް ފައިސަލް އަޙުމަދު އަދި އަލްފާޟިލް މުޙައްމަދު ޝަމީމް ޢަބްދުލް މުޙުސިންއެވެ.