ޚަބަރު

ޝަހީދު އާދަމް ޙަލީމް ޤުރުއާން މުބާރާތް ފަށައިފި


ފައިސަލް ފައުންޑޭޝަނުން ބާއްވާ ޝަހީދު އާދަމް ޙަލީމް ޤުރުއާން މުބާރާތް ފަށައިފިއެވެ. 

މި މުބާރާތަކީ ފައިސަލް ފައުންޑޭޝަނުން އިސްނަގައިގެން ޝަހީދު އާދަމް ޙަލީމްގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ކ.ކާށިދުއާއި ގާފަރުން ދުއިސައްތައަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިފައެވެ. އިއްޔެ ފެށި މި މުބާރާތުގައި ބައިވެރިވި ކާށިދޫގެ ހުރިހާ ބައިވެރިންގެ ކިޔެވުން މިހާރު ވަނީ ނިމިފައެވެ. އަދި މިއަދު ހަވީރަށް ގާފަރުގެ ބައިވެރިންގެ ކިޔެވުން ނިމޭނެކަމަށް ފައިސަލް ފައުންޑޭޝަނުން ބުނެއެވެ. 

މި މުބާރާތުގައި ކަށިދޫން 83 ކުދިން ބައިވެރިވެފައިވެއެވެ. އަދި ގާފަރުން 121 ކުދިން ބައިވެރިވެފައިވެއެވެ. ހަ ޢުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބަޔަކާއި ބަލައިގެން ކިޔެވުން ހިމެނެއެވެ.