ކުޅިވަރު

ސްވިޑުން ބަލިކޮށް އިޓަލީ ގަދަ 16 އިން ޖާގަ ހޯދައިފި


ގްރޫޕް ސްޓޭޖުގައި ކުޅުނު 2 ވަނަ މެޗްވެސް ކާމިޔާބުކޮށް އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

މިއަދު އިރުއޮއްސި 6 ޖެހިއިރު ގްރޫޕް ސީގައި އިޓަލީ ސްވިޑުންއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޑަރއެވެ. މި ނަތީޖާޔާއެކު އިޓަލީ ގަދަ ސޯޅައިން ޖާގަ ހޯދާފައިވަނީ 6 ޕޮއިންޓާއެކު ގްރޫޕް އީގެ 1 ވަނަ ހޯދައިގެނެވެ. 2 ވަނާގައި އޮތް އަޔަރލެންޑާ 3 ވަނާގައިވާ ސްވިޑަންއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މި ގްރޫޕްގެ 4 ވަނާގައި ބެލްޖިއަމް އޮތީ ޕޮއިންޓެއް ނުލިބިއެވެ. ސްވިޑުންއާ އިޓަލީ 2 މެޗް ކުޅެފައިވާއިރު ބެލްޖިއަމްއާ ރިޕަބްލިކް އޮފް އަޔަރލެންޑް އަދި ކުޅެފައިވަނީ 1 މެޗެވެ. މި 2 ޓީމް ގްރޫޕްގެ ދެވަނަ މެޗަށް މާދަމާ އިރުއޮއްސި 6 ޖަހާރި ނުކުންނާނެއެވެ.