ކުޅިވަރު

ނޮދާން އަޔަރލެންޑް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފި


ޔޫކްރެއިންގެ މައްޗަށް ކުރި ހޯދާ ގްރޫޕް ސީގެ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ނޮދާރން އަޔަރލެންޑުން ބޮޑުކޮށްފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ނޮދާރން އަޔަރލެންޑް އެ ޓީމު ކުޅުނު ދެވަނަ މެޗް ކާމިޔާބުކުރީ ޔޫކްރެއިންގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދައިގެނެވެ. 

މެޗްގައި ނޮދާރން އަޔަރލެންޑުން ޖެހި 2 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ 2ވަނަ ހާފްގައި. ފުރަތަމަ ލަނޑު 2ވަނަ ހާފްގެ 4ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެރެފް މެކައުލޭއެވެ. މި ލަނޑާއެކު މެކައުލޭ ވެގެންގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެވަނައަށް ލަނޑުޖެހި އެންމެ މުސްކުޅި ކުޅުންތެރިޔާގެ ގޮތުގައެވެ. 

މި ލީޑް ނޮދާރން އަޔަރލެންޑަށް އިތުރަށް ފުޅާކޮށްދިނީ މެޗްގެ 90 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނައަލް މެގެންއެވެ.