ރ .މާކުރަތުން ގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ޝާހީން ފެނިއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ފެނިފައިވަނީ މާލެއިންކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށެވެ.
ރ. މާކުރަތު/ ތިންތަރި، އުމުރުން 21 އަހަރުގެ އަޙްމަދު ޝާހީން ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުންދާކަން މިއަދުވަނީ ހާމަކުރައްވާފައެވެ.
އަޕްޑޭޓް: އަޙްމަދު ޝާހީން މާލެއިން ވަނީ ފެނިފައި. ހާލު ރަނގަޅު. https://t.co/ZnEpo40pYH
— Maldives Police (@PoliceMv) November 11, 2024
އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ ޢާއިލާއިންވަނީ ބުނެފައެވެ.