ކުޅިވަރު

ގްރޫޕް އޭގެ ވާދަވެރިކަން ބޮޑުވެއްޖެ


ސްވިޒަރލެންޑާ ރޫމޭނިޔާގެ ކުރިމަތިލުން އެއްވަރުވެ ގްރޫޕް އޭގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ރޭ ސްވިޒަރލެންޑާ ރޫމޭނިޔާ ބައްދަލުކުރި މެޗް އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ރޫމޭނިޔާއިންނެވެ. މި ލަނޑު މެޗްގެ އަށާރަވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ބޮގުޑާން ސްޓަންކޫއެވެ. އެހެންނަމަވެސް ދެވަނަ ހާފްގެ ބާރަވަނަ މިނެޓްގައި ސްވިޒަރލެންޑްގެ އަތްމިރް މެހްމެދީ ވަނީ އެ ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާޔާއެކު ސްވިޒަރލެންޑް ގްރޫޕް އޭގެ ދެވަނާގައި އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ރޫމޭނިޔާ އޮތީ ގްރޫޕްގެ ތިންވަނާގައި އެއް ޕޮއިންޓާއެކުގައެވެ. މި ނަތީޖާގެ ސަބަބުން ސްވިޒަރލެންޑަށް ވަނީ މުބާރާތުގެ ގަދަ ސޯޅަޔަށް ދިއުމުގެ ފުރުޞަތު ބޮޑުވެފައެވެ.