ކުޅިވަރު

އޮސްޓްރިއާގެ މައްޗަށް, ހަންގޭރީ ކުރި ހޯދައިފި


އޮސްޓްރިއާގެ މައްޗަށް ކުރި ހޯދާ ހަންގޭރީ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ގްރޫޕް އެފްގައި ހަންގޭރީއާ އޮސްޓްރިއާ ބައްދަލުކުރި މެޗް ހަންގޭރީ ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.

މެޗްގައި ހަންގޭރީގެ 2 ލަނޑު ކާމިޔާބުކޮށްދިނީ އެޑަމް ސަލައިއާ، ޒޮލްޓަން ސްޓީބަރްއެވެ. ސަލައީގެ ގޯލަކީ 2014 ވަނަ އަހަރުގެ ފަހުން އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މި މެޗްގައި އޮސްޓްރިއާގެ ޑްރެގޮވިޗްއަށް ވަނީ މެޗްގެ 66 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ 1986 ވަނަ އަހަރުގެ ވާލްޑް ކަޕްގެ ފަހުން ބޮޑު މުބާރާތެއްގައި ހަންގޭރީ ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވެ ގްރޫޕް އެފްގެ އެންމެ ކުރީގައި 3 ޕޮއިންޓާއެކު އޮތީވެސް މިވަގުތު ހަންގޭރީއެވެ.

ރޭގެ މެޗްތަކަށްފަހު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗްތައް ވަނީ ކުޅެ ނިމިފައެވެ.