ޚަބަރު

ފުލުހުންގެ ޚިދުމަތް އިތުރު 20 ރަށެއްގައި ދެއްވަން ފައްޓަވައިފި


މިހާތަނަށް ފުލުހުންގެ ޚިދުމަތް ދެއްވަން ފައްޓަވާފައި ނުވާ 20 ރަށެއްގައި ފުލުހުންގެ ޑެސްކް ޤާއިމްކުރައްވައި، އެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެއްވަން ފަށްޓަވައިފިއެވެ.

ފުލުހުންގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މާލޭ ސިޓީ ފިޔަވައި 79 ރަށެއްގައި މިހާރު ޕޮލިސް ސްޓޭޝަން ޤާއިމްކުރައްވައި،  ފުލުހުންގެ ޚިދުމަތް ދެއްވަމުން ގެންދަވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިމަހު އިތުރު ނަވާރަ ރަށެއްގައި ޕޮލިސް ޑެސްކް ޤާއިމްކުރައްވައި، ޚިދުމަތް ދެއްވަން ފެއްޓެވުމާއެކު، މީހުން ދިރިއުޅޭ 98 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެއްވަން ފެއްޓެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ އަމާޒަކީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެއްވުން ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.