ޚަބަރު

ޚިޔާލު ތަފާތުވުމާއި ހައްދުފަހަނައަޅައިދިއުމާ ގުޅޭ ދިރާސާއެއް


ދިވެހިރާއްޖޭގައި ފިކުރީގޮތުން ހައްދު ފަހަނައަޅައިދިއުމާއި، ދީނީގޮތުން ޚިޔާލު ތަފާތުވާ ސަބަބުތަކާއި، ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައްދެނެގަތުމަށްޓަކައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ދިރާސާއެއް ކުރަން ފަށްޓަވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވާގޮތުގައި މި ދިރާސާ ކުރެއްވުމުގައި، ރާއްޖޭގައި މިހާރު ތިއްބެވި ދީނީ ބައެއްޢިލްމުވެރިންނާއި، ޓެކްނޮކްރެޓުންނާއި، މަޝްވަރާކުރައްވައި، މަޢުލޫމާތު އެއްކުރައްވާނެކަމަށެވެ. އަދި ރާއްޖޭގައިހިނގާފައިވާ ބައެއް ޙާދިސާތަކާއި އެ ޙާދިސާތައް ހިނގާފައިވާ ގޮތާއި،ބައިނަލްއަޤުވާމީ މަސްރަޙްގައި މިފަދަ ކަންކަމާ ބެހޭގޮތުން ހަދާފައިވާދިރާސާތައްވެސް މުރާޖަޢާކުރެވޭނެއެވެ.

މި ދިރާސާގެ ސަބަބުން، ދިވެހިރާއްޖޭގައި ފިކުރީގޮތުންހައްދު ފަހަނައަޅައިދިއުމާއި، ދީނީގޮތުންޚިޔާލު ތަފާތުވާ ސަބަބުތަކާއި، ބޭރުގެހަނގުރާމަތަކުގައި ދިވެހިންބައިވެރިވަމުންދާ ސަބަބުތައް ދެނެގަތުމުގެ އިތުރުން،ރާއްޖޭގެ ޤައުމީސަލާމަތް ކަށަވަރު ކުރެއްވުމަށްޓަކައި ކުރަންޖެހޭމަސައްކަތްތަކާއި، އަޅުއްވަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލްޑިފެންސް ފޯސްއިން ވިދާޅުވެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރައްވަމުން ގެންދަވާމި ދިރާސާގެ ތަފްޞީލް ރިޕޯޓް އަންނަ ޖުލައިމަހުގެ ކުރީކޮޅުގައި ޢާންމުކުރެއްވުމުގެމަސައްކަތް އެ ސެންޓަރުން ގެންދަވަނީ ކުރައްވަމުންނެވެ.