ޚަބަރު

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އިބްރާހިމް ޒިޔަތު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ހ. އާހަމަ، އިބްރާހިމް ޒިޔަތު ޢައްޔަން ކުރައްވައިފިއެވެ.

އޭނާ މިހާތަނަށް ހުންނެވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރުގެ މަޤާމުގައެވެ. ޒިއަތު އެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް އިބްރާހީމް ޒިޔަތު ޢައްޔަން ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މަޤާމުން ވަކިކުރައްވައި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމައް ޢައްޔަން ކުރެއްވުމަށްފަހުގައެވެ.