ޚަބަރު

އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރކަމަށް އަބްދުއްރައްޒާޤް


އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރައްޒާޤް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، އެމްއާރުޑީސީގެ އެމްޑީކަމަށް އަބްދުއްރައްޒާޤް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެނާ މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމްގައި ހުންނެވި އިބްރާހީމް ނަޒީމް އިއްޔެ އެ މަގާމުން  ވަކިކުރެއްވުމަށްފަހުގައެވެ.

އެމްޓީސީސީގެ ބޯޑުން އިއްޔެ ވަކިކުރެއްވި ސިނާން އަލީ، މިއަދު ވަނީ ސްޓެލްކޯގެ ޗެއާރމަންއަކަށް އައްޔަން ކުރައްވާފައެވެ.