ކުޅިވަރު

ވޭލްސްގެ ފުރަތަމަ މެޗް މޮޅަކާއެކު


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް އިން ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ ވޭލްސްއާ ސްލޮވާކިޔާ ބައްދަލުކުރި މެޗް ވޭލްސް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗްގައި ވޭލްސްއިން ޖެހި ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ގެރެތް ބޭލްއެވެ. ދެވަނަ ހާފްގައި ސްލޮވާކިޔާގެ އޮންދްރޭ ޑުޑާ ވަނީ މެޗްގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. އެހެންނަމަވެސް މެޗް ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަލް ރޮބްސަން ކާނޫ ވަނީ ވޭލްސްއަށް ފުރަތަމަ މެޗްގެ 3 ޕޮއިންޓް ހޯދައިދީފައެވެ.