ކުޅިވަރު

އަލްބޭނިއާ ބަލިކޮށް ސްވިޒަލޭންޑްވެސް ފެށުން ރަނގަޅުކޮށްފި


ފަބިއަން ޝާ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލުން އަލްބޭނިޔާގެ މައްޗަށް ކުރި ހޯދާ ސްވިޒަރލެންޑްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު އިރުއޮއްސި ހައެއް ޖެހިއިރު ސްވިޒަރލެންޑާ އަލްބޭނިޔާ ބައްދަލުކުރި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ސްވިޒަރލެންޑެވެ.

ސްވިޒަރލެންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗްގެ 5 ވަނަ މިނެޓްގައެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި އަލްބޭނިޔާގެ ލޮރިކް ސަނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗްގެ ބޮޑުބައެއް އަލްބޭނިޔާއިން ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ.

މުބާރާތުގައި ކުރިއަށް ދެން އޮތީ ގްރޫޕް ބީގެ ވޭލްސްއާ ސްލޮވާކިއާ ބައްދަލުކުރާ މެޗެވެ. މިރޭ 9:00ގައި ފަށާ މި މެޗްވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.