ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • 2 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލޭގައި އިއްޔެ ކުރިއަށްގެންދިޔަ ރެއިޑެއްގައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ކުރިއަށްގެންދާ ޚާއްސަ ރެއިޑު އޮޕަރޭޝަންގައި 2 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން ރާއްޖޭގައި އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި އޭގެތެރެއިން ޤަވައިދާ ޚިލާފަށް އުޅުނު 4361 ބިދޭސީއެއް މިހާތަނަށް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.