ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އޭސީޕީ މޫސާ ޢަލީ އައްޔަންކުރައްވައިފި


  • ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ކުރިން ހުންނެވީ އޭސީޕީ ޝިފާން

  • ޝިފާން ވަނީ ސަރވިސް ޑިވަލޮޕްމެންޓް ޑިރެކްޓޮރޭޓްގެ ހެޑްގެ މަޤާމަށް ބަދަލުކުރައްވާފައި

ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މޫސާ ޢަލީ އައްޔަންކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެ މަޤާމުން އެހެން މަޤާމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މޫސާ ޢަލީ އައްޔަންކުރައްވާފައިވާކަމަށެވެ.

އޭސީޕީ އަޙްމަދު ޝިފާން ބަދަލުކުރައްވާފައިވަނީ، މޫސާ ޢަލީ މީގެ ކުރިން ހުންނެވި ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓޮރޭޓްގެ އެންމެ އިސްވެރިޔާގެ މަޤާމަށް ކަމަށެވެ.

މިއީ ފުލުހުންގެ އިދާރާގެ އެކި މަޤާމުތަކަށް އަބަދުވެސް ގެންނަ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.