ޚަބަރު

"ރޯދަ މެނޫ" އެޕްލިކޭޝަން ލޯންޗުކޮށްފި


އެލައިޑް އިންޝުއަރަންސާއި އީޓް ޑޮޓް އެމްވީ އާ ގުޅިގެން ރޯދަމަހަށް ޚާއްޞަކޮށްގެން ތައްޔާރުކުރި އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.

ރޯދަ މެނޫގެ ނަމުގައި ތަޢާރަފްކުރި މި އެޕްލިކޭޝަން މިހާރު ގޫގްލް ސްޓޯރާއި އެޕް ސްޓޯރުން ލިބެން ހުންނާނެކަމަށް އެލައިޑުން ބުނެއެވެ. ރޯދަ މެނޫ އެޕް ލޯންޗްކުރުމަށް މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑްގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ކެފޭ ރެސްޓޯރެންޓްތަކުގެ ރޯދަ މެނޫ ބަލާލެވޭނެ ކަމަށާއި، ނަމާދު ވަގުތު ފަދަ ރޯދަމަހަށް ޚާއްޞަ ކަންތައްތަކެއް ހިމެނިފައިވާނެކަމަށެވެ.