ތަޢުލީމު

ސްކޫލްތަކުގެ މިއަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމާލައިފި


ސްކޫލްތަކުގެ މިއަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމާލައިފިއެވެ.

ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމައި، މިއަދު ވަނީ ދަރިވަރުންނަށް ފުރަތަމަ ޓާރމްގެ ރިޕޯޓް ފޯމް ޙަވާލުކޮށްފައެވެ. ހަފްތާއެއްގެ ބަންދަށްފަހު ދެވަނަ ޓާރމްގެ ކިޔެވުން ސްކޫލްތަކުގެ ފަށާނީ މިމަހުގެ ނަވާރަވާ އާދީއްތަ ދުވަހުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަހަރު ފަށާފައިވަނީ 13 ޖެނުއަރީގައެވެ. ދެ ޓާރމަކަށް ބަހާލައިގެން ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާއިރު ކޮންމެ ޓާރމެއްގެ މެދުތެރެއިން، މިޑް ޓާރމް ބަންދުގެ ގޮތުގައިވެސް ހަފްތާއެއްގެ ބަންދު ދަރިވަރުންނަށް ލިބެއެވެ.

ރާއްޖޭގެ 223 ސްކޫލެއްގައި ފަސްދޮޅަސް ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.