ޚަބަރު

މެންގޯ ލައްސި


މެންގޯ ލައްސި

ލައްސީއަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ޔޯގަރޓުން ތައްޔާރުކުރާ މަޤްބޫލް ބުއިމެކެވެ. ލައްސީއަކީ އެކި ރަހަލާ ގޮތަށް ތައްޔާރުކުރެވޭ ބުއިމެކެވެ. އެގޮތުން ލޮނު ނުވަތަ ކުޑަ ހުތް ރަހައެއްލާ ގޮތަށްވެސް ލައްސީ ތައްުޔާރުކުރެއެވެ. އެހެން ނަމަވެސް މިއަދު މިކިޔާލަދެނީ މެންގޯ ނުވަތަ އަނބުން ލައްސީ ހަދާނެ ގޮތެވެ. 

މެންގޯ ލައްސީއަކީ އިންޑިއާގެ ރެސިޕީއަކަށް ތައްޔާރުކުރާ މެންގޯ މިލްކްޝޭކްއާއި އެއްގޮތަށް ތައްޔާރުކުރާ ވަރަށް މީރު ބުއިމެކެވެ. 



މެންގޯ ލައްސި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

* 2 ދޮން އަނބު ( ތޮށިމަށާ ކުދިކޮށް ކޮށާފައި )

* 500 ގްރާމް ލޯ ފެޓް ނެޗްރަލް ޔޯގަޓް 

* 6 ކާފުރުތޮޅި  ( ތޮށިން ވަކިކޮށްފައި އޮށްތައް ފުޑުކޮށްފައި )

* 100 ގްރާމް އައިސް ކިއުބް

* ހަކުރު ނުވަތަ މާމުއި ( ބޭނުންނަމަ ) 

* ބައި ޖޯޑު ފެން

ތައްޔާރުކުރާ ގޮތް

އަނބާއި، ޔޯގަޓް، އައިސް ކިއުބް، މާމުއި އަދި ކާފުރުތޮޅި ކޮޅު މިކްސަރަށް އެޅުމަށްފަހު ގިރާލީމަ ނިމުނީ އެވެ. ބޭނުންނަމަ އައިސްކޮށްފަ، ނުވަތަ ވަގުތުންވެސް ބޯންވީއެވެ.