ޚަބަރު

ޞައްޙަ ނޫން ކޯޓު އަމުރުގެ މައްސަލާގައި ޙުކުމް އިއްވުން މިރޭ


ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ހައްޔަރުކުރެއްވުމަށް ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލައިގެ ޙުކުމް އިއްވުން މިރެއަށް ތާވަލްކުރައްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިނާއި އދ މާމިގިލީގެ ކޯޓްގެ އިސްމެޖިސްޓްރޭޓް އަޙުމަދު ނިހާންގެ މައްޗަށެވެ. މުހުތާޒް މުޙުސިންގެ މައްޗަށް ޓެރަރިޒަމް ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިޒަމް ޢަމަލެއްގައި ބައިވެރިވުމުގެ ދަޢުވާއާއެކު 3 ދަޢުވާއެއް ދައުލަތުން އުފުއްލަވާފައިވެއެވެ.

އަޙުމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާއާއެކު 4 ދަޢުވާއެއް ދައުލަތުން އުފުއްލަވާފައިވެއެވެ. މި މައްސަލައިގެ ޙުކުމް ކުރުމުގެ ޝަރީޢަތް ތާވަލްކުރައްވާފައި ވަނީ މިރޭ 11:00ގައެވެ.