ޚަބަރު

ޝަންހާއީ މާސްޓާސް: ޖޮކޮވިޗް ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި


ޗައިނާގައި ކުރިއަށްދާ ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ހަތަރު ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ފްލޭވިއޯ ކޮބޯލީ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.

ހަތަރުވަނަ ބުރުގައި ޖޮކޮވިޗް އާއި ދެކޮޅަށް ނިކުންނާނީ ރަޝިޔާގެ ރޯމަން ސަފިއުލިން އެވެ. އޭނާ ހަތަރު ވަނަ ބުރަށް ކޮލިފައިވެފައިވަނީ ފްރެންސެސް ޓިއަފޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހެއް ހަތެއް, ހަތެއް ފަހެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގަ އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ތެރޭގައި ޖަޕާނުގެ ޔޮސޫކޭ ވަތަނުކީ އާއި ދެކޮޅަށް ހަތްވަނަ އަށް ސީޑް ކޮށްފައިވާ ޓޭލާ ފްރިޓްޒް ކުޅުނު މެޗު އޭނާ ވަނީ ސީދާ ދެ ސެޓުން މޮޅުވެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.