ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ މާސްޓާސްގެ ތިންވަނަ ބުރުގެ ޖާގައެއް ޓޭލާ ފްރިޓްޒް އާއި ގްރިގޯ ޑިމިޓްރޯވް ހޯދައިފިއެވެ.
މި މުބާރާތުގައި ހަތްވަނަ އަށް ސީޑްކޮށްފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ ޓެރެންސް އަޓްމާން އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.
ޑިމިޓްރޯވް ތިންވަނަ ބުރަށް ކޮލިފައިވެފައިވަނީ ޒިޒޫ ބަރގް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ހައެއް ތިނެއްގެ ނަތީޖާއަކުން ޑިމިޓްރޯވް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓް ޒިޒޫ ވަނީ ތިނެއް ހަޔަކުން ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓް ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑިމިޓްރޯވް ވަނީ މެޗުން މޮޅުވެފަ އެވެ.
މި މުބާރާތުގައި އިއްޔެ އެމެރިކާގެ ފްރެންސެސް ޓިއަފޯ ޗައިނާގެ ޒޫޔީ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އޭނާވެސް ވަނީ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. މިއީ ހަތަރު މެޗުން ބަލިވުމަށްފަހު ޓިއަފޯ މޮޅުވި ފުރަތަމަ މެޗެވެ.