ޚަބަރު

4 ޤައުމަކަށް ސަފީރުން އައްޔަންކުރުމަށް ދިރާސާކުރުމަށް ކޮމިޓީއަށް


ހަތަރު ޤައުމަކަށް 2 ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަފީރުކަމަށް ޢައްޔަން ކުރުމަށް ފޮނުއްވާފައިވަނީ، ގދ.ގައްދޫ ބެންހާގެ، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެމެރިކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށާއި، ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށެވެ. އަދި ގ.ސަމަންތާ އަޙްމަދު ޝިޔާން، ނެދަލެންޑްސް އާއި ލަގްޒަމްބަރގަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރުމަށެވެ. މި ދެބޭފުޅުންގެ ނަންފުޅު ދިރާސާކުރެއްވުމަށް ފޮނުއްވާފައި ވަނީ، ޤައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.