ވިޔަފާރި

މޯލްޑިވް ގޭސްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ތިލަފުށީގައި


މޯލްޑިވް ގޭސްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ތިލަފުށީގައި ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އެކުންފުނިން ޚިދުމަތް ފޯރުކޮށްދެމުންދާ އިންޑަސްޓްރިއަލް ކަސްޓަމްރުންނަށް ދޭ ޚިދުމަތް ރަނގަޅުކުރުމާއި އެމީހުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށް މޯލްޑިވް ގޭހުން މަޢުލޫމާތުދެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ގޭސް ފޯރުކޮށްދޭ ޑިސްޓްރިބިއުޓަރުންނަށްވެސް ކުންފުނީގެ ޚިދުމަތް ފަސޭހަކަމާއިއެކު ދެވިގެން ދާނެކެމަށް އެކުންފުނިން ބުނެއެވެ.

ތިލަފުށީގައި ހުޅުވި ޑިސްޓްރިބިއުޝަން ސެންޓަރުން އެކުންފުނީގެ މުދާ ގަނޑުކޮށްނާއި ވަކިވަކިން ލިބެންހުންނާނެ ކަމަށް މޯލްޑިވްގޭހުން ބުނެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވް ގޭސްގެ ތިލަފުށީ ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުއްވައިދެއްވީ ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނާސިފާއި، މޯލްޑިވް ގޭސްގެ މަނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫންއެވެ.

ތިލަފުށީގެ އިތުރުން އެކުންފުނިން މިހާތަނަށް މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ވަނީ ޑިސްޓްރިބިއުޝަން ސެންޓަރުތަށް ޤާއިމްކޮށްފައެވެ.