ޚަބަރު

މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް


މާދަމާ އަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅުއްވައި، އެކަން އިސްލާމިކް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ. 

އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ބައްދަލުވުމަށްފަހު އެކަމާ ގުޅޭ ބަޔާން އިއްވަވަމުން އިސްލާމިކު މިނިސްޓަރުގެ ނައިބު އިބްރާހިމް އަޙްމަދު ވިދާޅުވީ އިސްލާމީ ގިނަ ޤައުމުތަކަށް ހަނދު ފެނިފައިވުމާއެކު، މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމަށެވެ. 

އިސްލާމިކް މިނިސްޓަރުގެ ނާއިބު ވަނީ، މިއަހަރުގެ ރަމަޟާންމަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ހެޔޮކަންތައް ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުޟު ރޯދަ ހިފުމުގައި ފަރުވާތެރިވުމަށް ވެސް ވަނީ އެދިވަޑައިގެންފައިވެއެވެ.