ޚަބަރު

ކޮރެޔާ ސަރުކާރުން ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކުރައްވައިފި


ދެކުނު ކޮރެޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކަނޑުގެ އަސްކަރީ އުޅަނދު މިއަދު ރާއްޖެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކޮރެޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި އަސްކަރީ އުޅަނދަކީ ކޯސްޓްގާޑުގެ ކޯސްޓަލް ޕެޓްރޯލިންގއަށް ބޭނުންކުރާނޭ އުޅަނދެއްކަމަށެވެ. ދިގުމިނުގައި 20 މީޓަރު ހުންނަ މި އުޅަނދު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ ޚިދުމަތަށް ފަހުގެ ތާރީޚެއްގައި ނެރުއްވާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކުގެ ފެންވަރު ރަނގަޅުކޮށް، އައު އުޅަނދުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.