ޚަބަރު

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން މިރޭ


ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހަނދު ސާބިތުކުރުމުގެ ބައްދަލުވުން މިރޭ 9:30ގައި އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށެވެ.

މިބައްދަލުވުމުގައި ހަނދާބެހޭ ކޮމެޓީން މަޝްވަރާކޮށް ހަނދާބެހޭގޮތުން އިއްވާ ބަޔާން އިއްވުން އޮންނާނެއެވެ.

ރަމަޟާންމަހުގެ ހަނދާއި މެދު ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ކައުންސިލް އިދާރާތައް ހުޅުވިފައިހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.