ތަޢުލީމު

އެމް.އައި ކޮލެޖުން 193 ދަރިވަރަކު ދަސްވެނިވެއްޖެ


އެމް.އައި ކޮލެޖްގެ ތަފާތު ތިންދާއިރާއެއްގެ ކޯސްތަކުން 193 ދަރިވަރަކު ދަސްވެނިވެ ސަނަދު ހާޞިލްކޮށްފިއެވެ.

އެމް.އައި ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލް 3 އަދި ޑިޕްލޮމާ ލެވެލް ފަހެއްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ދަރުމަވަންތަ ސްކޫލް ހޯލްގައެވެ.

މި ހަފްލާގެ ޝަރަފްވެރި މެހުމާނުންގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. ރޭގެ މި ހަފްލާގައި ދަރިވަރުން ދަސްވެނިވެ ސަނަދު ހާޞިލްކުރި ދާއިރާތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއާ، ބިޒްނަސް އަދި މެނޭޖްމެންޓް ދާއިރާގެ އިތުރުން އައިޓީދާއިރާގެ ކޯސްތައް ހިމެނެއެވެ.

އެމް.އައި ކޮލެޖްގެ 17 ގޮތްޕެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާއިރު  އެ ކޮލެޖްގައި ޖުމްލަ 1700 ދަރިވަރުން މަތީ ތަޢުލީމް ހާޞިލްކުރަމުންދެއެވެ.