ސިއްހަތު

ފައިލޭރިއާ ނައްތާލެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް- މިނިސްޓަރ


ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްއިއްޔާއިން ނިންމުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ސްރީލަންކާއަކީ ލިމްފެޓިކް ފައިލޭރިއާއިން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ނިންމުމާއި ގުޅިގެން ،އެކަމާބެހޭ ގޮތުން ޕީ.އެސް.އެމްއަށް މަޢްލޫމާތު ދެއްވަމުން، ޞިއްހަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ލިމްފެޓިކް ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެއަށް ވާޞިލްވެވުނީ ވަރަށް ގިނަ ގުނަ ޞިއްޙީ ފަރާތްތަކުގެ މަސައްކަތުން ކަމަށާއި، އަދި މިއީ މިހާރުގެ ސަރުކާރަށް ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.