ޚަބަރު

ވިލުފުށީ ދަރިވަރުންނަށް ސްކިލް ޓްރެއިނިންގ ޕްރޮގްރާމެއް


ސްކިލް ޓްރެއިނިންގ ސެންޓަރ އިން އިންތިޒާމްކޮށްގެން ތ. ވިލިފުށީ ސްކޫލްގެ 126 ދަރިވަރުންނަށް ސްކިލް ޓްރެއިނިންގއެއް ބާއްވައިފިއެވެ. 

ވިލުފުށި ސްކޫލްގެ އެދިވަޑައިގަތުމަކަށް ބޭއްވި މި ޓްރެއިނިންގ ހިންގާފައިވަނީ ވިލުފުށި ސްކޫލްގެ ކީ ސްޓޭޖް 1،2،3 ގެ ދަރިވަރުންނަށްކަމަށް ސްކިލް ޓްރެއިނިންގ ސެންޓަރުން މަޢުލޫމާތުދެއްވައެވެ. މިޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ދަރިވަރުންނަށް ފިލާވަޅު ދަސްކުރުމުގައި ފަސޭޙަގޮތްތައް ކިޔައިދިނުމުގެ އިތުރުން އިންގިލިޝް ފޯނިކްސް ނުވަތަ އަޑު ބޭނުންކޮށްގެން ލިޔަން ކިޔަން ދަސްކުރުމަށްކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ. އަދި ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގައި ސްޓަޑީ ސްކިލްސް، ސޯޝަލް ސްކިލްސް އަދި ކްރިއޭޓިވް އާޓްސް ހިމެނޭކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14650556852657.jpg|ސްކިލް ޓްރެއިނިންގެ ތެރެއިން / ފޮޓޯ: ސްކިލް ޓްރެއިނިންގ

ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ސްކިލް ޓްރެއިނިންގެ ސެންޓަރުގެ ކިޑްސް ޓްރެއިނަރުންނާއި، ވިލުފުށި ސްކޫލްގެ ޓީޗަރުންނެވެ.

ދަރިވަރުންނަށް ހިންގުނު ޕްރޮގްރާމްގެ އިތުރުން ބެލެނިވެރިންނަށް ޚާއްސަކޮށްގެން، ސްކިލް އޮރިއެންޓޭޝަން ޕްރޮގްރާމެއްވެސް ވިލިފުށީގައި ކުރިއަށްގެންދެވުނުކަމަށް ސްކިލް ޓްރެއިނިންގ ސެންޓަރއިން މަޢުލޫމާތުދެއްވައެވެ. މިސެޝަންގައި ކިޔަވައިދެއްވީ ސްކިލް ޓްރެއިނިންގ ސެންޓަރގެ ފައުންޑަރ ދިމްނާ ފާކިރުއެވެ.  

ސްކިލް ޓްރެއިނިންގއިން ވިދާޅުވީ މިއީ އެއްވެސް ފީއެއް ނުނަގާ ހިންގެވި ޕްރޮގްރާމެއްކަމަށެވެ.