ޚަބަރު

ދ. މާގައުގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރު ހުޅުވަނީ


ދ. އަތޮޅު މާގައުގައި ތަރައްޤީކުރަމުންދާ ރިސޯޓް އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ރިސޯޓް ތަރައްޤީކުރާ ފަރާތުން ހާމަކޮށްފިއެވެ.

މާގައުގައި ރިސޯޓު ތަރައްޤީކުރަމުންދާ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ބަގްލިއޯނީ ހޮޓެލްސްއިން މަޢުލޫމާތުދޭ ގޮތުގައި މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭގައެވެ. 

img:http://s1.psmnews.mv/images/660x400/14650379916616.jpg|މާގައުގަ ތަރައްޤީކުރާ ރިސޯޓްގެ ޑިޒައިނެއް

މާގައުގައި ތަރައްގީ ކުރާ ރިސޯޓުގައި 99 ވިލާ އާއި ތިން ރެސްޓޯރެންޓާއި ސްވިމިން ޕޫލާއި، ސްޕާގެ އިތުރުން ޑައިވް ސެންޓަރެއް ހުންނާނެ ކަމަށް ބަގްލިއޯނީ ހޮޓެލްސްއިން ހާމަކުރެއެވެ. މިއީ އިޓަލީގެ ކުންފުންޏަކުން ރާއްޖޭގައި ތަރައްޤީކުރާ ފަސް ތަރީގެ ފުރަތަމަ ރިސޯޓެވެ. ބަގްލިއޯނީ ހޮޓެލްސްއިން މިހާރުވެސް އަންނަނީ ޔޫރަޕްގެ އެކި ހިސާބުތަކުގައި 9 ލަގްޒަރީ ހޮޓެލް ހިންގަމުންނެވެ.