ޚަބަރު

ފަތުރުވެރިންތަކެއް ތިބި ލޯންޗެއްގައި އަލިފާން ރޯވެއްޖެ


ބިޔާދޫ އައިލެންޑް ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރުމަށް ފުރި ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ލޯންޗުގައި އަލިފާން ރޯވީ ބިޔާދޫ އައިލެންޑް ރިސޯޓުގެ ފަޅުތެރޭގައި އޮތްވާ ކަމަށާއި، އެވަގުތު ލޯންޗުގައި 8 ފަތުރުވެރިންނާއި 3 ފަޅުވެރިން ތިބިކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، ލޯންޗުގައި ތިބި އެންމެން ސަލާމަތްވެފައިވާކަމަށާއި، އަދި ލޯންޗުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ބިޔާދޫ ރިސޯޓުގެ މުވައްޒަފުން ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.