ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހެރޯއިން، ސިންތެޓިކް ކެތިނޯން، ކެނަބިސް އަދި އެކްސްޓަސީ ހިމެނެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ވައިގެ މަގުން އެތެރެކުރި މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 16 ވަނަ ދުވަހާއި 18 ވަނަ ދުވަހުކަމަށެވެ. އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 349 ގްރާމް ހެރޯއިން، 582 ގްރާމް ސިންތެޓިކް ކެތިނޯން، 5.2 ކިލޯ ކެނަބިސް އަދި 2.8 ކިލޯ އެކްސްޓަސީ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، މިހަފްތާ ތެރޭގައި ވައިގެމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތިތަކެއްވެސް ކަސްޓަމަސްއިން ވަނީ އަތުލައިގެންފައެވެ.