ޚަބަރު

3ސްކީމެއްގައި ބައިވެރިވުމުގެ ފުރުސަތު ފެނަކައިގެ މުވައްޒަފުންނަށް


ފެނަކަ ކޯޕަރޭޝަނުގެ މުޢައްޒަފުންނަށް، ހައުސިންގ ލޯނު ސްކީމާ، ހެލްތް ސްކީމާ، އަދި އިންސްޓޯލްމެންޓަށް ތަކެތި ދޫކުރުމުގެ ސްކީމްގައި ބައިވެރިވުމުގައި ފުރުޞަތުލިބޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއް ފެނަކައިގެ މުޢައްޒަފުންނަށް ހެލްތް ސްކީމް ފޯރުކޮށްދިނުމަށް ސޮއިކޮށްފައިވަނީ އަޔާދީ ތަކަފުލްއާ އެކުގައެވެ.

ހައުސިންގ ލޯން ސްކީމެއް ފޯރުކޮށްދިނުމަށް ސޮއިކޮށްފައިވަނީ އެޗްޑީއެފްސީއާއެކުގައެވެ. އަދި އިންސްޓޯލްމަންޓް ސްކީމުގައި ބައިވެރިވުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއާއި އެކުވެސް ފެނަކައިން ރޭ ސޮއިކުރައްވާފައިވެއެވެ.

ފެނަކައިގެ މުއައްޒަފުންނަށް ބޭއްވި މާހެފުމަކާއިއެކު ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލެވެ.