ޚަބަރު

މާފަންނު ގެއެއްގެ ކޮޓަރިއެއްތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ


  • ފެނިފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއް

  • މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:30ހައިއިރު

މާފަންނު ގެއެއްގެ ކޮޓަރިއެއްތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ޢުމުރުން މ.ނަލަހިޔާ އުމުރުން 57 އަހަރުގެ އަހުމަދު ފަޔާޒުއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 23:33 އެހަކަށްހާއިރުއެވެ.

ފަޔާޒް ފެނިފައިވަނީ މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިހާތަނަށް ބެލިބެލުމުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމަށާއި، ތުހުމަތުކުރެވޭފަދަ ކަމެއްވެސް ނެތް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.