ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ލަންކާއަށް ފުރާވަޑައިގެންފި


ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް، ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމްއެންޑީއެފް ކޯސްޓްގާޑަށް ސްރީލަންކާގެ ޑޮކް ޔާޑުގައި ބަންނަމުންދާ އުޅަނދުތަކުގެ ފަށަން ބެހެއްޓުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަލްފާޟިލް މުޙައްމަދު ޒުހައިރު އާއި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގަންނަވައެވެ.