ޚަބަރު

3 ލައްކަ ރުފިޔާއަށް ހިޔާނާތްތެރިވި މުވައްޒަފަކު ހައްޔަރުކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑުއަތޮޅުގައި ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް އޮފީހުގެ 3 ލައްކައަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއްގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ އެމްޕީއެލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެގެން އެމައްސަލަ އެމްޕީއެލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދީއްތަދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މި މައްސަލަ ތަހުޤީޤްކުރަމުންދަނީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުންނެވެ.