ޚަބަރު

މާމިގިލިން ގޯއްޗަށް އެދި 542 ފޯމް ހުށަހަޅައިފި


ދިހަ ވަރަކަށް އަހަރުފަހުން އދ. އަތޮޅު މާމިގިލިން ގޯތިދޫކުރަން ނިންމުމާއި ގުޅިގެން ގޯއްޗަށް އެދި 542 ފޯމު ހުށަހަޅާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހަތަރުހާސް މީހުންގެ އާބާދީ އެއް ހިމެނޭ މާމިގިލީގައި އެކި ސިނާޢީ މަސައްކަތްކުރުމަށާއި އެކި ބޭނުންތަކަށް ބިން މިހާރުވެސް ދޫކުރައްވާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އެ ރަށު ކައުންސިލްގެ ރައިސް ޖުނައިދް އިބްރާޙިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ފޯމުތައް ޗެކްކުރުމުގެ މަސައްކަތްކަމަށެވެ.

ޖުނައިދު ވިދާޅުވީ ގޯތި ދޫކުރުމަށް ނިންމީ އެރަށުން ގޯތި ބޭނުންވެގެން ވަރަށްގިނަ ބަޔަކު އެދެމުންދިޔުމާއި ގުޅިގެން ކަމަށާއި ދޫކުރުމަށް ނިންމާފައިވަނީ ސަތޭކަ ފަންސާސް ގޯތިކަމަށެވެ.

މާމިގިލިން ގޯތި ދޫކުުރުމަށް ނިންމީ މިދިޔަ މާރޗްމަހުގެ ތެރޭގައެވެ.