ޚަބަރު

މާރަންދޫ ކައުންސިލަށް މެންބަރަކު އައްޔަންކުރަން ބާއްވާ ބައި-އިލެކްޝަން ކުރިއަށް


  • ވޯޓުލުމުގެ ޙައްޤު 736 މީހުންނަށް ލިބޭ

  • ވޯޓުލީ 137 މީހުން

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި 10:00 އާ ހަމައަށް ވޯޓުލާފައިވަނީ %18.61 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދު 8:00 ގައި ފަށާފއިވާކަމަށެވެ. އަދި ހެނދުނު 10:00 ޖެހުމާހަމައަށް ވޯޓުލާފައިވަނީ ވޯޓުލެވޭ މީހުންގެ ތެރެއިން %18.61 ނުވަތަ 137 މީހުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 41 އަންހެނުންނާއި 96 ފިރިހެނުންކަމަށް އިލްކްޝަންސްއިން ވިދާޅުވެއެވެ.

މި އިންތިޚާބުގައި 736 މީހުންނަށް ވޯޓުލުމުގެ ހައްޤުލިބޭއިރު މީގެ ތެރޭގައި ހިމެނެނީ 354 އަންހެނުންނާއި 382 ފިރިހެނުންނެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވަނީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު ޖުލައި މަހުގެ 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެންނެވެ.