ވިޔަފާރި

ދައުލަތުގެ ރަސްމީ ރިޒާވް, 6 އިންސައްތަ އިތުރުވެއްޖެ


މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު، މިއަހަރުގެ އެޕްރީލް މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާގެ އަދަދު 6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ. 

އެމްއެމްއޭއިން އާއްމުކުރައްވާފައިވާ މިދިޔަ މަހުގެ އިޤްތިސާދީ ރިވިއުގައި ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ އޭޕްރީލް މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ، 2.7 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ، މިއަހަރުގެ މާރޗުމަހާއި އަޅާބަލާއިރު، 7 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް އެމް.އެމް.އޭއިން ވިދާޅުވެއެވެ. 

ފާއިތުވި އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ، 8.2 މިލިއަން އެމެރިކާ ޑޮލަރެވެ. ޔޫޒަބަލް ރިޒަރވްގެ ގޮތުގައި މިހާރު ހުރި އަދަދަކީ، އަހަރުން އަހަރަށް ބަލާލާއިރު 13 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އަދި މަހުން މަހަށް ބަލާލާއިރު 5 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް އެމް.އެމް.އޭއިން ވިދާޅުވެއެވެ.