ސްޕެއިންގެ ވެލްންސިއާގައި މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގައި އިއްޔެ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސްޕެއިނުން ކާމިޔާބުކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންގެ ކާލޮސް އަލްކަރޭޒް އާއި ދެކޮޅަށް ޗެކް ރިޕަބްލިކްގެ ތޯމަށް މަޗަކް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުންވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ކުރިން ސްޕޭނުގެ ރޮބާޓޯ ބައުޓިސްޓާ ވަނީ ޗެކް ރިޕަބްލިކްގެ ޖިރީ ލެހޭކާވެސް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.
ޑަބަލްސް މެޗުގައި ސްޕޭނުގެ ކާލޮސް އަލްކަރޭޒް އާއި މާސެލް ޗެކް ރިޕަބްލިކްގެ ޖަކުބް މެންސިކް އާއި އެޑަމް ޕެވްލަސެކް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ސްޕޭނުން ވަނީ ޗެކް ރިޕަބްލިކްގެ މައްޗަށް ފުރިހަމަ ކާމިޔާބީ އެއް ހޯދާފަ އެވެ.
މި މުބާރާތުގައި އިއްޔެ ފިންލޭންޑާއި ދެކޮޅަށް އިންގްލޭންޑް ކުޅުނު މެޗުގައި އިންގްލޭންޑްގެ ބިލީ ހެރިސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ފިންލޭންޑް ބަލިކޮށްފަ އެވެ. މިއީ ޑޭވިސް ކަޕްގައި ބިލީ ކުޅުނު ފުރަތަމަ މެޗެވެ.
އުމުރުން 29 އަހަރުގެ ބިލީ ވަނީ ފިންލޭންޑްގެ އޮޓޯ އާއި ދެކޮޅަށް ކުޅުނު މެޗު 6-4 އަދި 7-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންގްލޭންޑަށް 2-0 ގެ ލީޑެއް ހޯދައިދީފަ އެވެ.