ޚަބަރު

ސްރީލަންކާއަށް އެހީވުމަށް ރެޑް ކްރެސެންޓުން ނިންމައިފި


ސްރީލަންކާއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ނިންމައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން މިގޮތަށް ނިންމާފައިވަނީ ސްރީލަންކާއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އިން ލޯންޗްކޮށްފައިވާ 3.65 މިލިއަން ޑޮލަރުގެ އެޕީލްއަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުންނެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓުން އެހީތެރިވަމުންދާނީ ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައިކަމަށް އެފަރާތުން ބުނެއެވެ. އަދި ކުރިއަށްއޮތް މަސްތެރޭގައި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންނާއި ސްޓާފުން މިކަމުގައި ޙަރަކާތްތެރިވަމުންދާނެކަމަށް އެފަރާތުން ބުނެއެވެ.

ސްރީލަންކާއަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި ޙާލުގައި ޖެހިފައެވެ.