ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާގެ އެހީ ލިބޭ މަދަނީ ޖަމްޢިއްޔާތަކާއެކު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ސޮއިކުރަން ފަށައިފިއެވެ.
އެގޮތުން މިއަދުވަނީ ފައިސާގެ އެހީދޭ ބައެއް ޖަމްޢިއްޔާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
* ތުޅާދު ސިލްވާ ޝައިންސް ކްލަބް
* ގަމު ޒުވާނުންގެ ޖަމްޢިއްޔާ
* ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން
* ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން
* ޖަމްޢިއްޔަތުލް ސަލަފް
* އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް
* ޓޮޕްސީ
* އައިކެންސް އެސޯސިއޭޝަން
ސަރުކާރުގެ ބަޖެޓުން ޖަމްޢިއްޔާތަކަށް ފައިސާ ދޭން ނިންމައި އެކަން އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ސަރުކާރުގެ ބަޖެޓުން ޖަމްޢިއްޔާތަކަށް ފައިސާ ދޭން ނިންމީ މުޖުތަމައު ބާރުވެރިކުރުވުމަށް ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއެކު ގައުމީ ތަރައްގީގައި ޖަމްޢިއްޔާތަކުން އަދާކުރާ ދައުރު ފުޅާކުރުމަށެވެ.