ޚަބަރު

މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 3 މަސްދުވަހުގެ ހިލޭ ވިސާ


ޖޫން މަހުގެ އެކަކުން ފެށިގެން، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 3 މަސް ދުވަހުގެ ހިލޭ ވިސާ ދޫކުރުމަށް މެލޭޝިޔާ ސަރުކާރުން ނިންމަވައިފިއެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، މެލޭޝިޔާއަށް އެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ދެސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާގެ މަތިން މިކަން ނިންމެވީ މިއަދު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މާރޗްމަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.