ޚަބަރު

ސިހުރު ހަދާކަމުގެ ތުހުމަތުގައި ފ.ފީއަލިން މީހަކު ހައްޔަރުކޮށްފި


ސިހުރު ހާހޫރަ ހަދަމުންދާކަމުގެ ތުހުމަތުގައި ފ. ފީއަލިން މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 56 އަހަރުގެ ފިރިހެނެއްކަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސިހުރު ހާހޫރަ ހަދަމުންދާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދިޔުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 27 ވަނަ ދުވަހުގެރޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ ތަހްޤީޤްކުރަމުންދަނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.