ވިޔަފާރި

ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން އެދުމުގެ ފުރުސަތު އިތުރުކޮށްފި


މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލިފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރައްވައިފިއެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ، 8 ވަނަ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާކަމަށެވެ.

މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ފުރުޞަތު ހުޅުވާލައްވާފައިވަނީ، މާލެއިން ދެކުނުގެ ރަށްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ރަށަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މިއަހަރު އެރަށުގައި ފާހަގަކުރާ ރަށަކަށް ވެގެން ނުވާނެކަމަށާއި، އަދި މީގެކުރިން ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވާ ރަށެއްނަމަ  އޭގެފަހުން 5 އަހަރުވެފައިވާންޖެހޭނެކަމަށްވެސްދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހެވެ.