ޚަބަރު

އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރުނެރެފި


އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރުނެރުއްވުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ނިންމަވައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ދިހަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓާރ ފުލުހުންނަށް އަންގަވާފައިވާކަމަށެވެ. އެ އަމުރު ނެރުމަށް ފުލުހުން ހުށައަޅަންޖެހޭނީ ހައިކޯޓަށެވެ.

ދާދީ ފަހުން މާލޭގައި ހިންގި މާރާމާރީއަކާއި ގުޅިގެން ގޭންގްތަކުގެ ލީޑަރުންގެ މައްޗަށްވެސް މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ފުލުހުންގެ މައްޗަށް އަންގަވާފައިވެއެވެ. އެހެންނަމަވެސް އޭރު އަމުރު ނެރުވުމަށް ނިންމެވީ ކިތައް މީހުންގެ މައްޗަށްކަމެއް ހޯމް މިނިސްޓަރ ވިދާޅެއްނުވެއެވެ.

ޓެރަރިޒަމް ޤާނޫނު ދަށުން މިހާތަނަށް 14 މީހެއްގެ މައްޗަށް މޮނިކޮމް އަމުރުނެރުއްވައި، ޓެގް އަޅުއްވާފައިވެއެވެ. މީގެތެރެއިން އެކަކު އަމުރާ ޚިލާފްވެގެން ޖަލު ބަންދަށް ބަދަލުކުރައްވާފައިވެއެވެ.

މޮނިކޮން އަމުރުގެ ދަށުން މި އަމަރު ނެރުއްވައި، ތަންފީޒުކުރައްވާ މީހުންނަށް ވަކި ގަޑިތަކެއްގައި ގެއިން ބޭރަށް ނުކުމެއެއް ނޫޅެވޭނެއެވެ. އަދި ވަކި ސަރަޙައްދުތަކަކަށްވެސް ނުދެވޭނެއެވެ. އަދި އެ މީހާ ހުންނަ ތަނާއި ދާ ތަންތަން ބަލައި ފާސްކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.