މާލެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ލޯންޗުގައި ތިބީ 4 މީހުންކަމަށާއި އެއީ 2 ދިވެހިންނާއިި 2 ބިދޭސީން ކަމަށެވެ. އަދި އެ އެންމެންވެސް ސަލާމަތްކޮށްފައިވާކަމަށާއި އޭގެ ތެރެއިން 2 މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެ ސަރަަހައްދު ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވަމުންދާކަމަށެެވެ. ނަމަވެސް ލޯންޗު ބަންޑުން ޖަހާލި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.