ޚަބަރު

އޭލެވެލް ޓޮޕް 10 އަށް އިނާމް ދިނުން މިރޭ


މަތީ ޘާނަވީ އިމްތިހާނުން ނުވަތަ އޭލެވެލް އިމްތިހާނުން ވަނަތައް ހާޞިލްކުރި ދަރިވަރުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މިރޭ އަށްގަޑި ތިރީހުގައި ދަރުބާރުގޭގައި ބާއްވާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައިސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްއެވެ. މަތީ ޘާނަވީ އިމްތިހާނު ނުވަތަ އޭލެވެލްގެ ވަނަތައް ހާޞިލްކުރި ދަރުވަރުންނަށް އިނާމްދިނުމުގެ ރަސްމިއްޔާތު މިރޭ ބާއްވާއިރު، އޯލެވެލް އެކޭ އެއްގޮތަށް އޭލެވެލްގެ އިމްތިހާނުވެސް އަހަރުގެ ފަހުކޮޅު ބާއްވާގޮތަށް މިހާރުވަނީ ނިންމަވާފައެވެ. 

އެގޮތުން މިއަހަރުވަނީ އޭލެވެލްގެ ކިޔެވުން ޖެނުއަރީގައި ފުރަތަމަ ފަހަރަށް ފަށާފައެވެ.