ޚަބަރު

އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ


  • އޭނާ މަރުވީ މިއަދު 16:08 ވާއިރު އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް

އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އާދަމް އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ށ.މިލަންދޫ / ހެޕީލޭންޑް، އާދަމް އަތުހަރަށް އައިޖިއެމްއެޗްގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައިކަމަށާއި އޭނާ ނިޔާވީ މިއަދު 16:08 އެހާކަށްހާއިރުކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަޙްޤީގުތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުންދޭނެކަމަށެވެ.

ފުލުހުން އަތުހަރު ހައްޔަރުކޮށްވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފިލަން މަސައްކަތްކުރަނިކޮށެވެ.